ނޮޅިވަރަމު މަކުތަބު (މަކުތަބުއް ޞަބާހު) ހިންގާނެ މީހަކު، ކިޔަވައިދޭނެ އެދުރަކު ނެތި، މަރުތަޅުއެޅުވިފައި ވަނިކޮށް، އަހަރެންގެ ބައްޕަ، ނޮޅިވަރަމުގެ ތައުލީމުގެ "ބައްޕަ"، (ޢަބްދުﷲ މޫސާ) މާލޭ ފިހާރައެއްގައި ވަޒީފާގައި ހުރެފައި، ރަށަށް އައިސް ދެވަނަ ފަހަރަށް މަކުތަބު ހިންގުމާ ހަވާލުވިއެެވެ. އަދި ކިޔަވައިދޭން ފެށީ އެކަނިމާއެކަންޏެވެ. އެއީ 1984ގައެވެ.
Showing posts with label ކޮލަމް:މިދުލުން،. Show all posts
Showing posts with label ކޮލަމް:މިދުލުން،. Show all posts
2017/04/23
2016/02/08
ދިވެހިން ރިޝްވަތެއް ނުހިފާނެ............
=އިލްޔާސް ޝުޖާޢު، އޯކިޑް، ހދ. ނޮޅިވަރަމް. 08-02-2016=
އަޖައިބުވެ އަންތަރީސްވެއްޖޭ އިވޭތީ ރިޝްވަތޭ މިކިޔާ
އަޖައިބެއް ނޫންހެ މީ އަސްތާ! ލިބޭ "ކަޓަކީ" އެއީ ހަދިޔާ
ދިވެހި ގައުމުން ނުފެންނާނޭ ނަމުން ރިޝްވަތު އެނގޭ މީހެއް
މިވެށި
ފުރިގެން ބަރާވެދަނީ އޮހޭ މަދަދާ ލިބޭ ހަދިޔާ
ކުރިން ކިއްލީގެ ވިޔަފާރިން ނަފާ ހޯދަން އުޅުނު މީހާ
ދުރުން
އަހުރާމެކޭ ހީވާ ގެއެއް ގަތަކަސް އެއީ ހަދިޔާ
ކުރިން ކާލާނެ އެއްޗެއް ނެތި ދަމާކަނޑަމުން އުޅޭ މީހާ
ކުރިން
ނުހިކޭ ރަށެއް ހިއްކާ، ފެށުން ވިޔަފާރި އެވެސް ހަދިޔާ
މަގުން އަތްގާޑިޔާ ދަމަމުން ގޮނޑަށް ގޮސް އައިސް އުޅޭ މީހާ
މަގުން
"އުދުހޭ" އުޅަނދު އެއް ރެއިން ގަތަސް ގައިމޭ އެއީ ހަދިޔާ
ކުރިން މަގުގައި ވެގެން ނާޗާރު އުޅޭ ކަށިނޫ ޒުވާނުން ވެސް
ބިރުން
ފަހަތަށް ނުގޮސް ހަޅުތާލުކުރަނީނަމަ ލިބޭ ހަދިޔާ
2013/09/27
"އިއްފަތްތެރި ކަސްބީން"
އިއްޒަތަކީ އަގުބޮޑު އެއްޗެކެވެ.
އިއްފަތްތެރިކަމަކީ އަދި މާ އަގުބޮޑު އެއްޗެކެވެ. ގައުމެއްގެ އިއްޒަތުން ނަފުސަކީ
ގައުމުގެ ރައްޔިތުންނަށް ވަރަށް އަގުބޮޑު މުހިންމު އެއްޗެކެވެ. ރައްޔިތުންގެ
އުޅުމާއި ސުލޫކު ވަކި ގިއުގަނޑަކަށް ފައްތައް ޖެހެނީ ގައުމުގެ އިއްޒަތުން ނަފުސު
ސަލާމަތްކުރުމަށެވެ. ގައުމުގެ އިއްފަތްތެރިކަން ފޭރިގަތަ ނުދޭށެވެ. ގާނޫނުތައް
ހެދުމުގެ ބޭނުމަކީ މިއެވެ. ވެރިއަކު ހޮވާ ސަރުކާރު އެކުލަވާލުމުގެ އަމާޒަކީ
މިއެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ ގައުމުން ފެންނަމުން މި ދަނީ ގައުމުގެ
ބެލެނިވެރިން މި ގައުމުގެ ފޭރާންތައް ވީދާ ކުދިކުދިކުރުމަށް ފަހު ގައުމުގެ
އިއްޒަތް ވެއްޔާ މޮޑެލާތަނެވެ. ގައުމުގެ ހާލުގެ ދުލުން ރޮއި އާދޭސްކުރަމުން
ދަނިކޮށެވެ.
ޑިމޮކްރަސީގެ އެންމެ މުހިންމު އަސާސަކީ ރައްޔިތުން
ބާރުވެރިކުރުވުމެވެ. އެކަމަށްޓަކައި ގައުމުގެ ބާރުތައް ވަކިކުރެވެއެވެ. ތިން ބާރު
މުސްތަގިއްލު ކުރެވެއެވެ. ވެރިކަން ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި
އަދުލު އިންސާފު ގާއިމުކުރުމުގެ ބާރެވެ. މިއިން ކޮންމެ ބާރެއް ތަމްސީލުކުރަނީ
ރައްޔިތުންނެވެ. ހިމާޔަތްކުރަނީ ރައްޔިތުންގެ ހައްގުތަކެވެ. ހިދުމަތްކުރަނީ
ރައްޔިތުންނަށެވެ. މިއީ ރައްޔިތުންގެ މޫނުބަލާ ލޯގަނޑެވެ. އެ މީހުންގެ ސަމުގާއެވެ.
އެންމެންގެ ނަމޫނާއެވެ. ވީއިރު އެ ފަރާތްތަކުގެ ޒިންމާ ކިހައި ބޮޑުވާނެތޯއެވެ؟
ކިހައި އިއްޒަތްތެރިވާނެތޯއެވެ؟ އެކަމަކު މި ކުޑަ ގައުމުގައި މި ކަން އޮތީ މިހެން
ބާއެވެ؟
2013/03/10
ގައުމިއްޔަތު ފުނޑި- "ޕާޓިއްޔަތު" ދިރެމުން މިހިރަގެން ދަނީއެވެ!
ދިވެހިރާއްޖެއަކީ ބިން ތިރި،
މީސްކޮޅު މަދު، ކުޑަ ގައުމެއް ނަމަވެސް "ފުރިހަމަ" ގައުމެކެވެ. އަމިއްލަ
މިނިވަންކަމާއި ސިޔާދަތު ލިބިފައިވާ، އަމިއްލަ ބަހަކާއި، ލިޔާނެ އަކުރެއް ލިބިފައިވާ، އަދި އަގުބޮޑު ސަގާފަތަކާއި
އާދަކާދަތަކެއް ގެ ވެރި ބަޔަކު އުޅޭ، ދިގު ތާރީޚެއް އޮތް ގައުމެކެވެ. ބުނެވޭ
ގޮތުގައި ރާއްޖޭގައި ދިވެހިން އުޅޭތާ 2500 އަށް ވުރެ ގިނަ އަހަރުވެއްޖެއެވެ. މި
ދިގު ތާރީޚުގައި މި ގައުމުގައި އުޅުނު އަޅުގަނޑުމެންގެ ކާބަފައިން ވަނީ އަގުބޮޑު
މަސައްކަތްތަކެއް ކޮށްދީފައެވެ. އެހެނަސް، ކާބަފައިން؛ އެއްބައިވަންތަކަމާއި،
އިހުތިރާމުކުރުމާއި، އަޅާލުމާއި، މެހެމާންދާރީގެ ފުރިހަމަކަމުން މިސާލުޖެހޭ ފަދަ
ބަޔެއްގެ ގޮތުގައި ސާސްކަފެއް ހޭދަކޮށްފައި ވިޔަސް މިއަދުގެ މަންޒަރު ވަރަށް ތަފާތު
ކަމުގައި ދަންނަވަން ޖެހެނީ ލަދުވެތިކަމާއި ހިތްދަތިކަމާ އެކުގައެވެ.
2013/02/07
ދިވެހިން ބަނޑަށް ޖެހެން ކައިރިވަމުންދާ އިރު- ސިޔާސަތު ކަނޑައަޅާ ފަރާތްތައް ކަހާތަން ހިރުވާވެސް ނުލާ!
ބޮޑު ތަދުގެ ދުވަސްވަރު މަގޫފަތް ކޭ ހާދިސާއަކީ ދިވެހިންގެ ހިތްތަކުން
ފިލާދާހާ ދުވަސްވީ ކަމެއް ނޫނެވެ. އެހަނދާންތަކާއި އެތަޖުރިބާއާއެކުގައި
ދިރިއުޅެމުން ދާ މީހުން އަދިވެސް އެބަތިއްބެވެ. މިހާރު ގައުމުގެ އިގުތިސާދީ ހާލަތު
ދައްކާ ގޮތުން އަލުން މިފަދަ ދުވަހެއް ކުރިމަތިވެދާނެކަމުގެ ކުލަތައް މިދަނީ
ފެންނަމުންނެވެ. ގައުމެއްގެ އިގުތިސާދު ފުނޑުފުނޑުވުމަށް މެދުވެރިވާ ސަބަބުތަކާއި
އެކަމުގެ އަލާމާތްތައް މިހުރީ ދިމާއަށް ފެންނާށެވެ. ލިބޭ މިންވަރަށް ވުރެ
ޚަރަދުތައް ބޮޑުވެ ދަރަނި ބޮޑުވެއްޖެއެވެ. ގައުމުގެ ހަމަޖެހުން ގެއްލި ކުށްތައް
އާންމުވެއްޖެއެވެ. އާދޭހެވެ. ގައުމު ބަނޑަށް ޖެހެން ކައިރިވެއްޖެ ކަމުގެ
އިންޒާރުގެ ބެރުއަޑު މިދަނީ އިވެމުންނެވެ. އެހެނަސް މިކަމާ ވިސްނަނީ ފަހެ ކާކުހެއްޔެވެ؟
Subscribe to:
Posts (Atom)