1. އެންމެ ފުރަތަމަ ފަތްކޮޅު ލިބިގެން ނޮޅިވަރަމުގެ ކަތީބުކަން ކުރީ އެކޮއިބެއެވެ. މި ނަމަކީ ކަތީބުކަން ލިބުމުގެ ކުރީގައި ކިޔަމުން އައި ނަމެވެ. ފަހުން ކީ ކަތީބު އާދަންފުޅެވެ. މަރުހޫމް ޢަބްދުލް ޙަލީމާ އެކު، އިންޑިއާއަށް ކުރި ދަތުރުގައި އަޅުގަނޑަށް ކިޔައިދިން ގޮތުން، މި އެކޮއިބެއަކީ ބ އަތޮޅު މާއްޑޫއިން ހިޖުރަކުރި މީހެއްކަމަށް ބުނެވެއެވެ.
2. ޢީސާ ހާޖީ ކަލޭފާނު
3. ތިންވަނައަށް ކަތީބުކަން ކުރީ މުޙައްމަދު ކަތީބު (ގާ މުޙައްމަދެވެ.)
4. ހަތަރުވަނައަށް ޢަލީ ޢީސާ (ގާ ދޮން ޢަލީ ނުވަތަ ދޮން ޢަލީ ކަލޭފާނެވެ.) މިއީ އެ ޒަމާނުގައި ރާއްޖޭގެ ގިނަ ބަޔަކު ދަންނަ މަޝްހޫރު ޝަޚްޞިއްޔަތެކެވެ.
5. ފަސްވަނައަށް ޢަލީ އިބްރާހީމް (ޢަލީ ޙާޖީ ފަހުން ޢަލީ ކަލޭފާނު)އެވެ. ޢަލީ ކަލޭފާނު ފަހުން، ތިލަދުންމަތީ ދެކުނުބުރީގެ އތޮޅުވެރިކަން ދިގު މުއްދަތަކަށް އަތޮޅުވެރިކަން ކުރިއެވެ
6. ހަވަނައަށް މުޙައްމަދު އިބްރާހީމެވެ. ކަތީބުކަމަށް އައްޔަނު ކުރީ، ކަތީބު ޢަލީ ކަލޭފާނު އަތޮޅުވެރިކަމަށް އިސްކުރުމުންނެވެ. މުޙައްމަދު އިބްރާހީމް ކަތީބުކަމަށް އައްޔަންކުރީ މާރިޗު 1993ގައެވެ. މުހައްމަދު ކަތީބު ފަހުން ކުޑަކަތީބުކަން ވެސް ކުރިއެވެ.
7. ހަތްވަނައަށް ޢަލީ ރަޝީދެވެ. މިއީ ލާމަރުކަޒީ ގާނޫނު ތަސްދީގުކުރުމާ ހަމައަށް ކަތީބުކަމުގައި ހުރި ކަތީބެވެ.
ކުޑަކަތީބުން:
1. ޙުސައިން މޫސާ (ކުޑަ ހުސޭނު) ޕެންޒީމާގެ
2. ޙުސައިން ޢީސާ (ލޯ ހުސޭނު) ނައިބު ކަމުން ފަހުން ކުޑަކަތީބުކަމަށް ބަދަލުކުރި
މުޙައްމަދު ޙުސައިން، (ކުޑަ މުޙައްމަދު) ޕެންޒީމާގެ
3. ޢަލީ ޝަމީމު، ދިވަރު
4. ޢަބްދުލް ޖަލީލު، ހަޒާރުމާގެ
5. މުޙައްމަދު އިބްރާހިމް ، ނަސީމީވިލާ (ކަތީބުކަމުން ކުޑަކަތީބުކަމަށް ބަދަލުކުރީ)
No comments:
Post a Comment