ހދ ހަނިމާދުއަކީ، ބޮޑުތިލަދުންމަތީގައި އޮތް އެންމެ ބޮޑު ރަށެވެ. ރާއްޖޭގައި
މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 6 ވަނައަށް އެންމެ ބިން ބޮޑު ރަށެވެ. ދިގުމިން
4 މޭލަށްވުރެ ދިގު މިރަށުގެ ބިމުގެ ބޮޑުމިނުގައި 259 ހެކްޓަރު ހުރެއެވެ. މީގެއިތުރުން،
ހަނިމާދުއަކީ އުތުރުގައި ފުރަތަމަ ގާއިމުކުރި ވައިގެ ބަނދަރު އޮންނަ ރަށެވެ. މި
ރަށުގައި އޮންނަ ސަރަހައްދީ ވައިގެ ބަނދަރުގެ ނަންބޯޑު، ބައިނަލް އަގުވާމީ ވައިގެ
ބަނދަރަކަށް ބަދަލުކުރިތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް، ހަފުތާއަކު އެއް
ފަހަރު، ތްރިވެނަންތަޕޫރަމަށް "ބައްތެއްޔެއްގައި" ދިޔުން ފިޔަވައި
ކުރެވޭ ކަމެއް ނެތެވެ. އެކަމަކު އުތުރުގައި ފަތުރުވެރިކަން އާލާކުރުމަށް، ހަނިމާދޫ
ވައިގެ ބަނދަރަކީ މުހިންމު މަރުކަޒަކަށް ހެދިދާނެއެވެ. ފުރިހަމަ މާނައިގައި ބައިނަލް
އަގުވާމީ ވައިގެ ބަނދަރެއްގެ ގޮތުގައި ތަރައްގީކޮށްގެންނެވެ.
2019/02/08
2019/01/14
އަޅުގަނޑުގެ ތަސައްވަރު: ނޮޅިވަރަމުގެ ކުނި ނަގާ، ނައްތާލުމުގެ ނިޒާމު ގާއިމުކުރުން
PDF file for easy reading
ނޮޅިވަރަމަކީ 209 ހެކްޓަރުގެ ބޮޑު ރަށެކެވެ. އާބާދީގައި 2685 މީހުން ދިރިއުޅޭ މިރަށުގައި އެންމެ ބޮޑު އެއް މައްސަލައަކީ ރަށުތެރޭގައި ކުނި ގިނަވުމެވެ. ކުނީގެ މައްސަލައަކީ ޒަމާނުއް ސުރެ ބޮޑު މައްސަލައެކެވެ. ކުނި އުކާލާނެ ވަކި ދިމާއެއް ކަނޑައަޅާ ދައްކާފައި ނެތުމާއި، މި ބޮޑު ރަށުގައި މީހުން ދިރިއުޅެނީ މެދުތެރޭގައި ކަމަށްވުމުން، ވަށައިގެން އޮތް ވަލަކީ ގޮނޑުކަމަށް ރައްޔިތުން ޚިޔާރުކޮށްފައި ވުމަކީ މިކަން އިތުރަށް ބޮޑުވާން މެދުވެރިވި ކަންކަމެވެ. މީގެކުރިން ވެސް ކުނިގޮނޑެއް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދިޔައެވެ. އެފަހަރު އީޕީއޭގެ ހުއްދަލިބިގެން ގޮނޑު ހަދަން ކަނޑައަޅާ، ބިން އަލިކުރި ބޮޑު ސަރައްދު، ރައްޔިތުންނަށް ކުނިއަޅަން ދެއްކޭވަރު ނުވީ ކީއްވެގެންކަމެއް ނޭނގެއެވެ. ކޮންމެއަކަސް، މި ހިނގާ ޖަނަވަރީމަހު، އަނެއްކާ ވެސް، ކައުންސިލުން އާ ހިތްވަރަކާ އެކު ނުކުމެ، އެއްކަލަ ބިން ސާފުކޮށް، ކުނިއަޅަންވީ ތަންތަނާއި، ގޮތްތައް ބުނެދެއްވައިފިއެވެ. ކުޅި ކައިރިއަށް ކުނިއެޅުމަކީ، ދުރު މުސްތަގުބަލަށް ބަލާއިރު އެންމެ ރަނގަޅު ގޮތްކަމަކަށް އަޅުގަނޑަށް ގަބޫލުނުކުރެވުނު ނަމަވެސް، ރަށުގެ އިރުދެކުނު ފަރާތުން، ކުޅިއާ ކައިރި ހިސާބެއް ވެސް، ކުނިއަޅާ ތަނެއްގެ ގޮތުގައި ބިންއަލިކޮށްފިއެވެ. ދެ އަވަށަށް ދެ ގޮނޑެވެ. ދެން އޮތް ސުވާލަކީ ރަށުގައި މީހުން ދިރިއުޅޭ 372 ގެ ހުރިއިރު، މި ގޭގޭގެ ރައްޔިތުން، މިތަންތަނަށް ކުނި ގެންދާނީ ކިހިނެއްބާއެވެ؟

2019/01/13
އަޅުގަނޑުގެ ތަސައްވަރު: ނޮޅިވަރަމު- ފަތުރުވެރިކަމަށް ތައްޔާރުވުން
PDF file for easy read
މި ލިޔުމަކީ ކުރިން 2009 ގައި، ނޮޅިވަރަމު އޮންލައިނަށް ލިޔުނު ލިޔުމެކެވެ. އެ ފަހަރުގެ ސުރުޚީއަކީ، "ނާގޯށި ރިސޯޓު ހުޅުވަން ވާއިރަށް، މަރުހަބާކިޔުމަށް ތައްޔާރުވުން" އެވެ. އެއީ އެއަހަރު ނާގޯށި ރިސޯޓު ހުޅުވާނެކަމަށް ބުނެ ލިޔެފައިވާ ޚަބަރެއް ފެނުމާ ގުޅިގެން ލިޔުނު ލިޔުމެކެވެ. މި ތަސައްވަރަކީ އަޅުގަނޑު ވަރަށް ކުރީއްސުރެ ގެންގުޅޭ ތަސައްވަރެކެވެ. ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީވެގެން އަންނަ އިރު، އެކަމުގެ މަންފާ ނޮޅިވަރަމަށް ހޯދިދާނެ ގޮތުގެ ތަސައްވަރެވެ. މިފަހަރު މި ލިޔަނީ މިހާރުގެ ހާލަތާ ގުޅުވާލައިގެންނެވެ. އެހެންވީމާ ކުރިން ލިޔުނު ލިޔުމާ ކުދިކުދި ތަފާތުތަކެއް ހުންނާނެއެވެ. މިހާރު ކުޅުދުއްފުށީގައި ވައިގެ ބަނދަރެއް ހަދަމުން ދާއިރު، ކުޅުދުއްފުއްޓާ ކައިރީގައި އޮތުމުން، ފަތުރުވެރިން ގެނައުމަށް ފަސޭހަތަކެއް ވާނެއެވެ. އަދި ކަނޑުމަގުން އަންނަން ބޭނުންވެއްޖެނަމަ ކުޅުދުއްފުށީ ބޯޓުތަކުން ވެސް އައުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން، މިހާރު ފަތުރުވެރިކަމަށް އޮތް ފުރުސަތު އިތުރުކަމަށް ފެނެއެވެ. އަނެއްކާ ނޮޅިވަރަމަކީ ގުދުރަތީ ގޮތުން މުއްސަނދި ވެއްޓެއް ލިބިފައިވާ މާ ރަށެއް ވެސްމެއެވެ.

Subscribe to:
Posts (Atom)