ރިޕަބްލިކް
އޮފް "ހައިވާނުބަގީޗާ" އަކީ 2004 ވަނަ އަހަރު ފެށި މުޒާހަރާތަކެއްގައި ރިފޯމްވެގެން އުފެދުނު
ޖުމުހޫރިއްޔާއެކެވެ. މިނަމަށް ބަދަލުވެ ޖުމްހޫރިއްޔާ އުފެދުނީ 2008 ވަނަ އަހަރުގެ
ނޮވެމްބަރު 11 ވަނަ ދުވަހުގައެވެ. އެދުވަހަކީ ޑިމޮކްރަސީއަށް މިކުޑަ ޖުމުހޫރިއްޔާ
ހުޅުވުނު ތާރީޚީ ދުވަހެވެ. ދިގު 30 އަހަރުގެ ވެރިކަމަކަށް ފަހު އުފެދުނު
މިޖުމުހޫރިއްޔާ ހިނގައިގަތީ ނުހަނު ބާރަށެވެ. ޕްރޯޑިމޮކްރަސީގެ އިންޖީނުއެޅުމުން
ގައުމުގެ ދުވެލި ބާރުވެގެން ދިޔަ ތަން ބަލަން ގިނަ ރައްޔިތުން ތިބީ ނުހަނު ހެވިފައެވެ.
އަލަށް
ގެނެވުނު ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ބަދަލަކީ ދައުލަތުގެ ބާރުތައް
ވަކިކުރުމެވެ. މިގޮތުން ސަރުކާރު ހިންގާ ބާރާއި ގާނުނުހަދާ މަޖުލީހާއި
އަދުލުއިންސާފުގެ ބާރު ވަކިކޮށްލެވުނެވެ. މިއިން ކޮންމެ ބާރަކީ މުހިންމު ބާރެކެވެ.
ދައުލަތުގެ އަދި ސަރުކާރު ހިންގުމުގެ އެންމެ މަތީ ބާރަކީ ރައީސުލް ޖުމުހޫރިއްޔާ އެވެ. އަލަށް ގެނެވުނު
ބަދަލާ ގުޅިގެން ރައީސަކަށް 10 އަހަރަށްވުރެ ގިނަ ދުވަހު ވެރިކަން ކުރުމުގެ
ފުރުސަތެއް ނެތެވެ. އެއީ 5 އަހަރުގެ ދެ ޓާމެވެ. 2008 ވަނަ އަހަރު އަލަށް
ވެރިކަމާ ހަވާލުވީ ހައިވާނު ބަގީޗާގެ ރައްޔިތުންގެ 53 އިންސައްތައިން ހޮވި ސިންގާ
ރައީސެވެ.