PDF file for easy read
މި ލިޔުމަކީ ކުރިން 2009 ގައި، ނޮޅިވަރަމު އޮންލައިނަށް ލިޔުނު ލިޔުމެކެވެ. އެ ފަހަރުގެ ސުރުޚީއަކީ، "ނާގޯށި ރިސޯޓު ހުޅުވަން ވާއިރަށް، މަރުހަބާކިޔުމަށް ތައްޔާރުވުން" އެވެ. އެއީ އެއަހަރު ނާގޯށި ރިސޯޓު ހުޅުވާނެކަމަށް ބުނެ ލިޔެފައިވާ ޚަބަރެއް ފެނުމާ ގުޅިގެން ލިޔުނު ލިޔުމެކެވެ. މި ތަސައްވަރަކީ އަޅުގަނޑު ވަރަށް ކުރީއްސުރެ ގެންގުޅޭ ތަސައްވަރެކެވެ. ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީވެގެން އަންނަ އިރު، އެކަމުގެ މަންފާ ނޮޅިވަރަމަށް ހޯދިދާނެ ގޮތުގެ ތަސައްވަރެވެ. މިފަހަރު މި ލިޔަނީ މިހާރުގެ ހާލަތާ ގުޅުވާލައިގެންނެވެ. އެހެންވީމާ ކުރިން ލިޔުނު ލިޔުމާ ކުދިކުދި ތަފާތުތަކެއް ހުންނާނެއެވެ. މިހާރު ކުޅުދުއްފުށީގައި ވައިގެ ބަނދަރެއް ހަދަމުން ދާއިރު، ކުޅުދުއްފުއްޓާ ކައިރީގައި އޮތުމުން، ފަތުރުވެރިން ގެނައުމަށް ފަސޭހަތަކެއް ވާނެއެވެ. އަދި ކަނޑުމަގުން އަންނަން ބޭނުންވެއްޖެނަމަ ކުޅުދުއްފުށީ ބޯޓުތަކުން ވެސް އައުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން، މިހާރު ފަތުރުވެރިކަމަށް އޮތް ފުރުސަތު އިތުރުކަމަށް ފެނެއެވެ. އަނެއްކާ ނޮޅިވަރަމަކީ ގުދުރަތީ ގޮތުން މުއްސަނދި ވެއްޓެއް ލިބިފައިވާ މާ ރަށެއް ވެސްމެއެވެ.

ރީތި ގޮނޑުދޮށް:
ރަށަކީ ވަށައިގެން ކަހަލަ ގޮތަކަށް ރީތި
ގޮނޑުދޮށެއް އޮންނަ ރަށެކެވެ. ރާއްޖޭގެ ނިސްބަތުން އުސްވެސް މެއެވެ. ޚާއްޞަކޮށް،
ދެކުނުކޮޅުގައި އޮންނަ އުސްފަސްގަނޑާއި، ދެކުނު އިރުމަތީ ކަންމަތިން ފެށިގެން
ހުޅަނގަށް ދެމިފައި އޮންނަ ފުޅާ ބޮޑު، ހުދު، ހިމުން ދޮންވެލީގެ އަތިރިމައްޗަކީ
ހިތްފަސޭހަ ތަނެކެވެ. ހުޅަނގު ގަދައިގައި، ގޮނޑުދޮށުގެ ވެލިގަނޑު ގެއްލުނަސް، އެ
މޫސުމުގައި އަންނަ ބިޔަ ރާޅުތައް، ގޮނޑުދޮށަށް ބީއްސާލާއިރު، ރާޅާއެޅުމަކީ ވެސް
ވަކި ފޯރި ކުޑަކަމެއް ނޫނެވެ. ޖުންޖުލައި ގަދަޔަށް ފަހު، ގޮނޑުދޮށުގައި އުފެދޭ
ކުޑަމޫދު (ބިއްސާވެލި)އަކީ ވެސް ދޫކޮށްލެވޭ ވަރަށް ވުރެ ރީތިތަނެކެވެ. ހުޅަނގު
މޫސުމުގެ ގަދަކަން ކެނޑުމުން ދެކުނު ހުޅަނގު ކަންމަތީގައި އޮންނަ މޫދު،
"ކަނޑު-އެއްގަންކޮށްލި-ތަން" އަކީ ވެސް ހިތްފަސޭހަ މޫދެކެވެ.
ގުންޑޮޅިމަތިން ނަގާ ރާޅު ސީދާ ގޮނޑުދޮށަށް ބިންދާލާގޮތަށް، އެއޮއް ބޮޑު
އަތިރިމަތި ދޮވެ ސާފުކޮށްލާފައި އޮންނަ އިރު ހީވަނީ ހިމުން ވެލީގެ ސާލެއް
ފަތުރާލާފައި އޮންނަހެންނެވެ. އަދި އިރުދެކުނުކަނާއި، ބަނދަރު ފައިކަށީ
ސަރަހައްދަކީ ބިޔަރާޅު އަންނަ ސަރަހައްދުތަކަށްވުމުން، ރާޅާއަޅާ ފަތުރުވެރިންނަށް
ރާޅާއެޅުމުގެ ފަހި ފުރުސަތުތަކެއް އެބަހުއްޓެވެ. އެހެންކަމުން، ފަތުރުވެރިކަމުގެ
ނަޒަރުން ބަލާއިރު މިއީ ހަމަ ވަރަށް ފުރިހަމަ މަންފާ ހޯދި ދާނެ ތަންތަނެވެ.
ކުޅި:
ރަށުގެ އިރުދެކުނު ކަނުގައި އޮންނަ ބޮޑު ކުޅިއަކީ،
އެތަނުގެ ވަށައިގެން ކަނޑުލާއި، ރަނޑުލާއި، ތަކަފައްޗާއި، ބޮނޑަވަކި ގަސްތައް ހެދިފައިވާ ސަރަހައްދެއްގެ މެދުގައި
އޮތް، ހެޔޮވަރު ވަރަކަށް ފުން، ކުޅީގެ އަޑީގެ ބިންގަނޑު ހަރު، ނުގަނބާ ކުޅިއެކެވެ.
ކުޅިކޯޅިއާއި، ކަންފަތްދިގު ވެނާއި، ބޭންގުފަދަ ދިރުންތަކުން މުއްސަނދިވެފައިވާ
ކުޅިއެއް ވެސްމެއެވެ. ރަތަފަޔާއި، ރޭރު ފަދަ ބައެއް ދޫނިތަކުގެ ގޯއްޗެއް
ވެސްމެއެވެ. ކުޅީގެ އިތުރުން ރަށުގެ އުތުރުކޮޅުގައި ބޮޑު ކަނޑޫފަލެއް ވެސް
އެބައޮތެވެ. "ޓްރޮޕިކަލް" ޖަންގައްޔެއް ފަދަ މި ކަނޑޫފަލަކީ ވެސް ނުހަނު
ރީތި ތަނެކެވެ. އެހެންކަމުން މިތަންތަނަކީ ފަތުރުވެރިންގެ ސަމާލުކަން ހޯދިދާނެ
ގުދުރަތީ ރީތިކަން ލިބިފައިވާ ތަންތަނެވެ. މިގޮތުން ކުޅީގެ އެއް އަރިމަތީގައި
ރެސްޓޯރަންޓެއް ހަދަންވީއެވެ. ރެސްޓޯރަންޓުން ކާއެއްޗެހި ނަގައިގެން، ކައިރީގައި
ބަނދަރުކޮށްފައި ހުރި ބޮއްކުރާތަކަށް އަރައިގެން ކުޅިތެރެއަށް ނިކުންނަންވީއެވެ.
ކުޅިތެރޭގައި ފަލިޖަހާލައި ކުޅީގެ އަރިއަރިމައްޗަށް ދުއްވާލާ، ވެށީގެ ހިތްގައިމުކަމާއެކު،
ކާނާ ދިރިގެން ދާނެ ގޮތް ވެސް ނޭނގޭހާ ފުރިހަމަ ވެއްޓެކެވެ.![]() |
| ގޫގުލް މެޕް ފޮޓޯ: އަފުރާޝީމް ކަމާލް |
ސަގާފީވެހި:
ގުދުރަތީ ރީތިކަމުގެ އިތުރުން، ރަށަކީ
މެހެމާންދާރީގެ ގޮތުން ފާހަގަކޮށްލެވޭ، ސަގާފީ ކުޅިވަރުގެ ރޮނގުން ވެސް
ހަރަކާތްތެރި ބަޔަކު އުޅޭ ރަށެކެވެ. އެހެންކަމުން، ސަގާފީ ފަތުރުވެރިކަމުގެ
ރޮނގުން ވެސް ނަފާ ލިބިގަނެވިދާނެއެވެ. މިގޮތުން ސަގާފީ މަރުކަޒެއް ހެދިދާނެއެވެ. 2009
ގައި ލިޔުނު އިރު، މިތަން ހަދަން އަޅުގަނޑު ހުށައެޅި ސަރަހައްދުން މިހާރު ވަނީ
ގޯތި ދީފައެވެ. އެހެންކަމުން، ރަށުގެ ރައްޔިތުންނަށް ދަތި ނުވާނެ ހިސާބެއްގައި
މިތަން ހެދުން ރަނގަޅުވާނެއެވެ. އެ މަރުކަޒުގެ އެކި ހިސާބުތަކުން އެކި
ކުޅިވަރުތަކާއި އެކި މަސައްކަތްތައް ފެންނާނެ ގޮތަށް ތަން ފަރުމާކުރެވިދާނެއެވެ.
ބޮޑުމާއްޔާއި، ބޮޑުބެރުޖެހުމާއި، ދަފިނެގުމާއި، ތާރަޖެހުން ފަދަ ކުޅިވަރުތަކެވެ. ފަންގިވިނުމާއި،
މުޅި، މުޅޯށި، ގޮނު އަދި ވަށިވިޔުމާއި،
ކަށިކެޔޮފަތުން ސާންތި އަދި ސަޓާ ވިޔުންފަދަ ކަންކަމެވެ. މިއީ ފަތުރުވެރިންގެ
ޝައުގުވެރިކަން އިތުރަށް ހޯދިދާނެ ކަންކަމެވެ.
އެހެންކަމުން، ފަތުރުވެރިން، ހެނދުނު ގެސްޓުހައުސުން ނުކުމެ ގޮނޑުދޮށަށް ގޮސް އަވިން
ފެންވަރައިގެން، މޫދަށް އެރި ފީނައި، މަސްމަހާމެހީގެ ބަގީޗާތައް ބަލައިލުމަށްފަހު، މެންދުރު ކައިގެން ސަގާފީ މަރުކަޒަށް ގޮސްފައި، ސަގާފީ ކަންކަން ދެކެލުމަށް ފަހު، ރޭގަނޑު، ކުޅީ
ރެސްޓޯރަންޓަށް ގޮސް ކުޅިތެރޭގައި ބޮއްކުރާ ދުއްވާލައިފައި އައިސް، ރޭގަނޑު ނިދަންވީއެވެ. އަނެއްކާ، ހެނދުނު ގޮސް ކަނޑޫފަލުގެ
ޖަންގަލީރީތިކަން ދެކެލުމަށް ފަހު، ކުޅީ ސަރަހައްދުގެ ވެށީގެ ރީތިކަން ދެކެލަފައި،
ރާޅާއަޅަން ބޭނުންވާ މީހުން، އިރުމަތިފަރާތުގެ ރާޅުގަނޑަށް އެރި ރާޅާއަޅަންވީއެވެ.
މިހުރީ ފަތުރުވެރިންނަށް ކޮންމެކޮންމެ ރިސޯޓަކުން ހާސިލުކުރެވޭނެ ކަންކަމެއް
ނޫނެވެ. އެހެންކަމުން ނޮޅިވަރަމަކީ ފަތުރުވެރިންނަށް ވަރަށް ހިތްގައިމު، ފުރިހަމަ
ރަށަކަށްވާނެއެވެ.

No comments:
Post a Comment