ރޭގަނޑު ދަންވަރު ގެއަކަށް ވަދެ އެއްޗެއް ނެގުމީ ފޮށިފެޅުމޭ
ރޭގަނޑު ނޫނަސް ސިއްރުން ވަދެ އެއްޗެއް ނެގުމީ ފޮށިފެޅުމޭ
މާއްދީ މުދަލާ އެއްފަދައިން ފިކުރީ މުދަލުން ވައްކަންކޮށް
މާއްދީ ފައިދާ ހޯދުމަކީ، އަދަބީބަހުގައި ފޮށިފެޅުމޭ
ޅެމަކުން ބައިތެއް ހޯދައިގެން ނޫނީ މުޅިޅެން އަތުލައިގެން
ބަންޖާ އަންބާ ވަކިނުވިއަސް ލަވަޔާއި ޅެމާ ނުމެ އެނގުނަސް
ނަންވާ މިހުރީ ޅެންވެރިއެއް ކަމުގައި ބުނުމީ ފޮށިފެޅުމޭ
މުސްކުޅި ލަވައެއް ލިބުނީމާ ބަސްތައް ކުޑަކޮށް އަނބުރާފައި
މުސްކުޅި ގޮތްތައް ފުހެލީއޭ ބުނުމަށް ކިޔަނީ ފޮށިފެޅުމޭ
ނަމުގައި "އަހަރެން" ހެދި ޅެމެކޭ، އެހެނަސް "އަނެކާ" ހެދި ޅެމެކޭ
ނަމުގައި "އަހަރެން" ހެދި ޅެމެކޭ، އެހެނަސް "އަނެކާ" ހެދި ޅެމެކޭ
ކަމުގައި އެއްވަނަ ލިބުނީމާ، އެކަމަށް ކިޔަނީ ފޮށިފެޅުމޭ
މޮޅުކޮށް މީހަކު ޅެން ހެދުމުން، އެޅެމެއް ވަގުތުން ހޯދައިގެން
"މޮޅުމީހާ" ނަން ހިމަނައިފައި ޝާއިއު ކުރުމީ ފޮށިފެޅުމޭ
ވާހަކަ ލިޔުމަށް އެންގީމާ، ފިލްމެއް ކުރުކޮށް ލިޔެލާފައި
ވާހަކަ ލިޔުނީ "އަހުރެންނޭ" ބުނުމަށް ކިޔަނީ ފޮށިފެޅުމޭ
ފިލްމެއް ކުޅުވަން ލިބުނީމާ، ފިލްމެއް ތަނަކުން ހޯދައިގެން
ފިލްމެއް ކުޅުވަން ލިބުނީމާ، ފިލްމެއް ތަނަކުން ހޯދައިގެން
ފިލްމެއް އެއްކޮށް ނަކަލު ކުރުން، މީވެސް އަސްތާ! ފޮށިފެޅުމޭ
ރާގެއް ހެދުމަށް ވިސްނާފައި، ބޭރުގެ ލަވައެއް ހޯދާފައި
ރާގެއް މާމޮޅު ހެދުނީއޭ ބުނުމަށް ކިޔަނީ ފޮށިފެޅުމޭ
މަސްތައް އެއުރެން ތެލުލީމާ، ކޭ މީހުން ހެވި ދިލުނީމާ
މަސްތައް ތެލުލީ "ކަމަނާއޭ" ބުނުމީވެސް ހަމަ ފޮށިފެޅުމޭ
ކަންކަން ނުމެކޮށް ނަން ހޯދަން، އޭ ބަލަ ދަރިޔާ ނޫޅޭށޭ!
ކަންނުވެ ބަލަބަލަ! ނަން ހޯދަން އުޅުމުން ކިޔަނީ ފޮށިފެޅުމޭ
***************************
-އިލްޔާސް ޝުޖާޢު، އޯކިޑް، ހދ. ނޮޅިވަރަމު-
No comments:
Post a Comment